ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ - Qaumun Miadhu Alikohli Reethi Nishaanaa
Автор: ދިވެހި ލަވަތައް - Dhivehi (Maldivian) Songs
Загружено: 2025-08-24
Просмотров: 1453
Описание:
Qaumun Miadhu Alikohli Reethi Nishaanaa - ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ދިވެހި ޤައުމީ ލަވަ / Dhivehi (Maldivian) 🇲🇻 patriotic song - "The Beautiful Symbol Lit by the Country Today"
ލަވަކިޔާފައިވަނީ - ހޯރަފުށި ފަރީދާ / Performed by Hoarafushi Fareedha
ޅެން - އާދަމް ސަލީމް / Lyrics by Adam Saleem
Gaumun Miadhu Alikohli Reethi Nishaanaa - ގައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
ފަރިވާ ހިނދުން ޤައުމީ ދުވަސް އަދު ދޭހުގާ
ފަރިކޮށްލި ފުރަތަމަ އޭގެ ފަރި ފޭރާމުގާ
ފަރިހާމަލުން ދަސްތާ ގަތައިގެން ޝައުޤުގާ
އަރިހަށް ޘަނާތައް ދެންނެވޭ މިތަރާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
ޢުރަފާ ޝަޛާ އެމަލުން މިވަޠަނަށް ދެއްވިމާތް
ޝަރަފެއް ކަމަށްވީ ދަރުމަވަންތަ ރަދުންގެ މާތް
ޝަރަފައްޓަކާ އެމުނޭ މިގުލްހާރުންވި މާތް
ތަރުޙީބުގައި ފަރިކޮށްލި ރީތި މި ގާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
އަލިކަން މިތާކުން ފެންނަހިނދު ޙުއްރިއްޔަތީ
އަލިރަސްގެފާނުން ދެއްވި ޙަމަލާ އުއްމަތީ
އަލިނޫރުތައް ބަބުޅާލި ވަޠަނުގެ ބިންމަތީ
އަލިވާ ހަދާނުން ދިއްލި ރީތި ފަސާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
މާޟީގެ އަބްޠާލުންގެ އެންމެވިދާ މުތީ
ޣާޒީ ރަދުން ވާޞިލްވި އަގުމާތް ހިއްމަތީ
ތާރީޚުގައި އެ ޖިހާދު ލިޔެލެވިފައިއޮތީ
ތަޢުރީފުގާ ނިމުމެއްނުވާ އެ ޚަޒާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
އަގުމާތްވި ދޮންބަންޑާރައިންފަދަ މާހިރުން
އިސްކަންދަރާ އެތަކެއް ފަޚުރުވެރި ލީޑަރުން
ޙިއްޞާ ކުރެއްވި މަޤާމުތަކުގެ އެމީޓަރުން
ހުސްވާނެތޯ ޝުކުރާ ހިތުގެ އިޙްސާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
ޤައުމުގެ ރަޢީސަށް ބާއްޖަވެރިކަން އެދި އަލުން
ޤައުމަށް އިތުރު ކުރިއެރުމަކަށް އެދި ފަށްފަށުން
ޤައުމާ ވަޠަންގެ ހިތާއި ނިޔަތާ އަދި ދުލުން
ޤައުމީ ދުޢާއިން ދަންނަވާ ޝުކުރާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
ޤައުމުން މިއަދު އަލިކޮށްލި ރީތި ނިޝާނާ
ޤައުމީ ޒަޢީމުން ދެއްވި މާތްވި ހަނދާނާ
Повторяем попытку...
Доступные форматы для скачивания:
Скачать видео
-
Информация по загрузке: